މާލޭ ގެއަކުން 7 ފޫޓުގެ ހަރުފައަކާއި ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ހަރުފައަކާއެކު މ...

03 Dec 2014 | 15:04

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ހަރުފައަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު މެންދުރުފަހު 15:00 ހާއިރުން ފެށިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅެމުންދާ ގެއިން މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ބަނގުރާ ފުޅިތަކާއި ހަރުފަ ފެނިފައިވަނީ ކޯޓު އަމުރެގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ތެރެއިން ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެގެ ބަލައިފާސްކުރިއިރު އެގޭ ތެރެއިން 95 ފުޅި ބަނގުރާ ފުޅި އާއި ގާތްގަނޑަކަށް 7 ފޫޓް ދިގުމިނުގެ ހަރުފައެއްގެ އިތުރުން މަސްމަރާ 2 ބަޑި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް