އީސީއަށް އައްޔަން ކުރުމަށް ސުލައިމާނަށާއި ޝަކީލްއަށް ރުހުން ދީފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް މ. ވޭވަށް ބުލްބުލާގޭ މުޙައްމަދު ޝަކީލާއި ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. މިއަދު...

03 Dec 2014 | 08:57

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް މ. ވޭވަށް ބުލްބުލާގޭ މުޙައްމަދު ޝަކީލާއި ހުޅުމާލެ އެންދެރި 7 އަޙްމަދު ސުލައިމާން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި މި ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް 54 މެންބަރުން ވޯޓު ދެއްވާފައި ވެ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ

މި ދެ ބޭފުޅުންގެ އިތުރުން މުހައްމަދު ޒާހިދާއި ފާތުމަތު މުނާގެ ނަން ވެސް މަޖިލީހަށް ފޮނުވާފައި ވެ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޒާހިދަށް ލިބިވަޑައިގަތީ 67 ޕޮއިންޓެވެ. އަދި މުނާއަށް ލިބިވަޑައިގަތީ 66 ޕޮއިންޓެވެ. މި ހަތަރު ބޭފުޅުން ނަން މަޖިލީހަށް ފޮނުއްވީ މާޗް މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް