ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގުޑްވިލް އެމްބެސަޑަރުކަން 3 ބޭފުޅަކަށް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ތިން ބޭފުޅަކު ސަރުކާރުން ކަނޑައަޅައިފި އެވެ. އެމްބެސަޑަރުންގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާ...

03 Dec 2014 | 07:17

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގުޑްވިލް އެމްބެސަޑަރުންގެ ގޮތުގައި ތިން ބޭފުޅަކު ސަރުކާރުން ކަނޑައަޅައިފި އެވެ.

އެމްބެސަޑަރުންގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްއާއި އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން ގައުމީ އިނާމު ހާސިލް ކޮށްފައިވާ އަހުމަދު ހިޝާން އާއި ކެއާ ސޮޝައިޓީގެ ފައުންޑާ މެމްބަރ ފާތިމަތު އާފިޔާ އެވެ.

މިކަމާ ބެހޭގޮތުން ދުވަހަށް މައުލޫމަތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ނައިބު ޝިދާތާ ޝަރީފް ވިދާޅުވީ މި އީ ސަރުކާރުން މިފަދަ އެމްބެސެޑަރުން ކަނޑައެޅުއްވި ފުރަތަމަ ފަހަރު ކަމަށްވާއިރު އެ ފަރާތްތަކަށް އިތުރު މަސައްކަތްތަކުގައި މިއަދުން ފެށިގެން ހައިސިއްޔަތެއް ލިބިގެންދިޔައީ ކަމަށެވެ.

"އެ ތިން ބޭފުޅުންނަކީ އެކި ގޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރުވެސް ހިދުމަތް ދެމުން އަންނަ އާންމުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ބައެއް، މިއަދުން ފެށިގެން އެ ފަރާތްތަކަށް ހާއްސަ ހައިސިއްޔަތެއް ލިބިގެން އެދިޔައީ" ޝިދާތާ ވިދާޅުވި އެވެ.

އެ ފަރާތްތަކަށް އެކަމުގެ ލިޔުމާއި ބެޖް ހަވާލުކޮށްފައިވަނީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ކަލާފާނު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ފަރާތްތަކަށް ލިޔުމާއި ބެޖް ހަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް