ޕެލޭގެ ހާލު އަންނަނީ ރަނގަޅުވަމުން : ހޮސްޕިޓަލް

ބްރެޒިލްގެ "ލެޖެންޑް" ޕެލޭއަށް ދިމާވި "ޔޫރިން އިންފެކްޝަން" މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ސައޮޕާލޯގެ އެލްބަރޓް އެއިންސްޓަން ހޮސްޕިޓަލުން ބުނެފިއެވެ. 3 ފަހަރު ވާރލްޑް ކަޕުގެ ތަށި އުފުލާލާފައިވާ ...

03 Dec 2014 | 05:57

ބްރެޒިލްގެ "ލެޖެންޑް" ޕެލޭއަށް ދިމާވި "ޔޫރިން އިންފެކްޝަން" މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ސައޮޕާލޯގެ އެލްބަރޓް އެއިންސްޓަން ހޮސްޕިޓަލުން ބުނެފިއެވެ.

3 ފަހަރު ވާރލްޑް ކަޕުގެ ތަށި އުފުލާލާފައިވާ ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ހުސްވި ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހުގައެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 74 އަހަރުގެ ޕެލޭ އަންނަނީ ރަނގަޅުވަމުން ކަމަށާއި، އައިސީޔޫއިން ނެރެ މިހާރު ފަރުވާދެމުންދަނީ "ސެމީ އައިސީޔޫ" ގައި ކަމަށެވެ. އަންނަ ބުދަ ދުވަހު އަނެއްކާވެސް ކިޑްނީގެ ޓެސްޓެއް ހަދާނެކަމަށްވެސް ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލުކުރާ ޕެލޭ ދާދިފަހުން ކިޑްނީގެ ހިލައެއް ނެގުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ނޮވެމްބަރ 13 ވަނަދުވަހުގައެވެ.

ޕެލޭވަނީ އޭނަގެ 21 އަހަރުގެ ފުޓުބޯޅަ ކެރިއަރގައި 1363 މެޗު ކުޅެފައެވެ. އަދި ރެކޯޑު 1281 ގޯލް ކާމިޔާބުކޮށްފައެވެ. އަދި މީގެއިތުރުންވެސް ބްރެޒިލްގެ ގައުމީޓީމަށް 91 މެޗުން 77 ގޯލް ޕެލޭވަނީ ކާމިޔާބުކޮށްދީފައެވެ.

ޕެލޭއަށްވަނީ 2000 ވަނަ އަހަރުގައި ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑްވެސް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް