ނުކުޅެދުންތެރިކަން ހުންނަ 10 ފަރާތަކަށް ވަޒީފާ ހަމަޖައްސައި، އެ ފަރާތްތަކަށް ވަޒީފަގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެ ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައިވަނީ ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ކަލާފާނު ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އެ ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދިނުމަށްފަހު އެކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު ވަޒީފާ ދީފައިވަނީ ސަރުކާރުގެ ހަތަރު ކުންފުނި ކަމުގައިވާ ސްޓެލްކޯއާއި އެސްޓީއޯއި ތިލަފުށި ކޯޕަރޭޝަން އަދި އެމްޓީސީސީންނެވެ.
އެގޮތުން އެސްޓީއޯއިން 6 ފަރާތަކަށް ސްޓެލްކޯއިން 2 ފަރާތަކަށް އަދި އެމްޓީސީސީއާއި ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން އެއް ފަރާތަކަށް ވަނީ ވަޒީފާ ހަމަޖައްސައި އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް