ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކި ހިދުމަތްތައް ލިބިގަތުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގައި އެހީވުމަށް އެ ފަރާތްތަކަށް ހާއްސަ ކާޑެއް މިއަދު ތައާރަފް ކޮށްފި އެވެ.
މި ކާޑު ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ކަލާފާނު ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައެވެ. ކާޑު ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.
މި ކާޑުގެ ސަބަބުން ސިއްހީ ހިދުމަތާއި ދަތުރުފަތުރު ކުރުމުގެ ހިދުމަތާއި އަދި އެހެނިހެން ހިދުމަތްތައް ހޯދުމުގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް