ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު ސެމީފައިނަލް ކާމިޔާބުކޮށް މާހިއްނަ އެކްރިއޭޝަން އެންޑް ރެކްރިއޭޝަންގެ މާސް އަދި ރިއަލް އައިލެންޑް ފައިނަލަށް ދަތުރުކޮށްފިއެވެ.
ސެމީފައިނަލް ފުރަތަމަ މެޗުގައި ، ލ.ގަމު މާހިއްނަ އެކްރިއޭޝަން އެންޑް ރެކްރިއޭޝަންގެ މާސް އަދި ލ.ފޮނަދޫ ފްރެންޑްސް ފޯ އެންވަޔަރަންމަންޓް އެންޑް ހެލްތް އިނީޝިއޭޓިވްގެ ފެހި ޓީމް ބައްދަލުކޮށް 27 ލަނޑު 0 ފޯލި، 30 ލަނޑު 11 ފޯލިން މެޗު ކާމިޔާބުކުރީ ލ.ގަމު މާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާސް ޓީމުގެ ޖާރސީ ނަންބަރ 3 ފާތުމަތު އިބްރާހީމެވެ.
ސެމީފައިނަލް ދެވަނަ މެޗުގައި، ލ.މާބައިދޫ އިސްދަރިވަރުންގެ ގުޅުން އަދި ރިއަލް އައިލެންޑް ބައްދަލުކޮށް 23 ލަނޑު 8 ފޯލި، 30 ލަނޑު 8 ފޯލިން މެޗު ކާމިޔާބުކުރީ ރިއަލް އައިލެންޑެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ރިއަލް އަިއލެންޑްގެ ޖާރސީ ނަންބަރ 3 ހައްވާ ލިއުޝާއެވެ.
މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު 3:45 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް