ރިލްވާން މައްސަލައާއި ގުޅިގެން ގޭ ބަންދުގައި ހުރި މީހާވެސް ދޫކޮށްލައިފި

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ހައްޔަރުކޮށް، ގޭބަންދުގައި ހުރި މީހާވެސް ދޫކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފި...

03 Dec 2014 | 04:01

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ހައްޔަރުކޮށް، ގޭބަންދުގައި ހުރި މީހާވެސް ދޫކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޭބަންދުގައި ހުރި މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ މުއްދަތު އިތުރު ކުރަން މިމަހު 1 ވަނަ ދުވަހު ކޯޓަށް ގެންދިއުމުން ކޯޓުން އެމީހާ ދޫކޮށްލާފައިވާކަމަށެވެ.

ރިލްވާން ގެއްލިގެން ހޯދަމުން އަންނަތާ 117 ދުވަސް ވެފައިވާއިރު މި މައްސަލައިގާ އިތުރު ބަޔަކުވެސް ފުލުހުން މީގެ ކުރިން ހައްޔަރު ކުރިއެވެ. ނަމަވެސް އެމީހުން ވަނީ އެކި ފަހަރުމަތިން ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް