ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހެނދުނު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސިފައިންގެ އެންމެ މަތީވެރިޔާގެ ދެކަނބަލުން ހަނދާނީ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގެންނެވުމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ހަސަން ރަޝީދު މަރުހަބާ ދެންނެވިއެވެ. މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ނަސްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް