ހައްޔަރުކޮށްފި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި - ޝާހިދު ވިދާޅުވީ ދޮގެއް ކަމަށް

02 Nov 2026 | 16:36
ހައްޔަރުކޮށްފި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި - ޝާހިދު ވިދާޅުވީ ދޮގެއް ކަމަށް

އދ. ގެ ޢާންމު މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފިކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާއިރު ފަތުރަމުންދާ ވާހަކަތަކަކީ ޝަޚްޞު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ އަސްލެއް ނެތް ދޮގެއްކަމަށް ޝާހިދު ވިދާޅުވެއްޖެއެވެ.

ނޫސްތަކުން އެ ރިޕޯޓުތައް ޖަހާފައިވީ ނަމަވެސް، ޝާހިދު ހައްޔަރުކުރިކަން ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެމެވެ" ކަމަށެވެ.

ޝާހިދަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅެކެވެ. ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި، މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ފާޓީގެ ރިޔާސަތުން ވަކިވެވަޑައިގެންނެވިއެވެ. އޭގެ ކުރިން 2018 އިން 2023 އަށް ބޭރުގެ ވަޒީރުކަމުގެ މަޤާމުގައި ހުންނެވިއިރު، 2021 އިން 2022 އަށް އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް