މިދިޔަ ހަފްތާ 500 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފި

ނިމިދިޔަ ހަފްތާ ޤަވާއިދާ ހިލާފަށް ޕާކުކުރި 500 އަށްވުރެ ގިނަ އުޅަނދެއްގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުނ...

03 Nov 2019 | 06:39

ނިމިދިޔަ ހަފްތާ ޤަވާއިދާ ހިލާފަށް ޕާކުކުރި 500 އަށްވުރެ ގިނަ އުޅަނދެއްގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ 557 އުޅަނދަކު ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ޤަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 621 އުޅަނދެއް ބަލައި ފާސްކޮށްފައެވެ. މީގެއިތުރުން ޤަވާއިދާ ހިލާފަށް ޕާކުކުރި 25 އުޅަނދެއް ފުލުހުން ވަނީ ޓޯވ ކޮށްފައެވެ. މިދިޔަ ހަފްތާ ލައިސަންސް ކާޑު ނެތި ދުއްވި 39 މީހަކު ހިފެހައްޓާފައިވާއިރު، ލައިސަންސް ނެތް 69 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް