'ފްލާޓް' ކުރުމަކީ ލޯބީގެ ގުޅުމެއްގައި ވަރަށް މުހިންމު ކަމެއް ކަމަށާއި، އޭނާއަށް އެއްވެސް ވަރަކަށް 'ފްލާޓް' ކުރަން ނޭންގޭ ކަމަށް ސައުތު އަދި ބޮލީވުޑްގެ ތަރި ރަކުލް ޕްރީތް ސިންގްހ ބުނެފިއެވެ.
ސެލްބްރިޓީ ޓޯކް ސޯވ އެއްގައި ވާހަކަ ދައްކަމުން ރަކުލް ބުނީ، ފިރިހެނަކާއި އެކީ އެތައް އިރަކު އޭނާއަށް ވާހަކަ ދެއްކޭނެ ކަމަށާއި ނަމަވެސް ލޯބިވެތި ގޮތަކަށް ވާހަކަތައް ކުރިއަށް ގެންދަން ނޭންގޭ ކަމަށެވެ. އަދި މީހަކު 'ފްލާޓް' ކުރުމުން ނޭންގޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ބަތަލާ ރިއާ ޗަކްރަބޮތީ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާއިރު، 'ފްލާޓް' ކުރުމުގެ ޓިޕްސް ރަކުލް ނަގަނީ ރިއާ ކައިރިން ކަމަށް ވެސް ވަނީ ބުނެފައެވެ.
28 އަހަރުގެ ރަކުލް އިތުރަށް ބުނީ، ކޮންމެ މައުޟޫއަކަށްވެސް ވާހަކަ ދައްކަން ފަސޭހަ ފިރިހެނުން ވަރަށް ކަމުދާ ކަމަށާއި، އޭނާގެ ވާހަކަތަކާއި ފަސޭހައިން އެއްބަސްވާ މީހުން ކަމުދާކަމުގައެވެ. އަދި ވާހަކަދައްކާލަން ފަސޭހަ މައުޟޫތަކަށް ވާހަކަ ދައްކާ ފިރިހެނުން މަދު ކަމަށާއި ގިނަ ފިރިހެނުންނަކީ މިބުނާހެން 'ފްލާޓް' ކުރަން އުޅޭ ފިރިހެނުން ކަމަށްވެސް ރަކުލް ވަނީ ބުނެފައެވެ.
ރަކުލް ފިލްމީ ދާއިރާއަށް ނިކުތީ 2014 ވަނަ އަހަރު ތަމިލް ފިލްމަކުންނެވެ. ރަކުލް ވަނީ ބޮލީވުޑް ފިލްމުތަކުންވެސް ފެނިގެންގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ ރަހުކް ބޮލީވުޑުން ފެނިގެންގޮސްފައި ވަނީ ހަމަ އެއަހަރު ނިކުތް "ޔާރިޔާނ" ފިލްމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް