ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޯނު ފޭރިއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ރޭ ޖަންބު މަގުން ހިނގާފައި ދިޔަ 24 އަހަރުގެ ނޭޕާލް ފިރިހެނެއްގެ އަތުން ބަޔަކު ފޭރިފައިވާ ކަމަށެވެ. ސައިކަލެއްގައި ދިޔަ ދެމީހަކު ބިދޭސީ މީހާގެ ފޯނު ފޭރިގަތުމަށްފަހު ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރޭ 23:41 ހާއިރު ހިނގި މިހާދިސާގައި ބިދޭސީ މީހާގެ އަތުގައި އޮތް ފޯނު ފޭރިގަތުމުން، އެމީހުން އަތުލައިގަތުމަށް ބިދޭސީ މީހާ ސައިކަލުގައި ގޮސް ހިފެހެއްޓުމުން އެމީހާއަށް ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. އެގޮތުން އެމީހާގެ ވާއަތުގެ އުޅަނބޮއްޓާއި އިނގިލިތަށް ވަނީ ޒަޚަމްވެފައއިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާއަށް ހަމަލާ ދިނުމަށްފަހު ފޭރުނު ދެމީހުން ވަނީ ފިލާފައި ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވާ ކަމަށާއި، މައްސަލަ ތަހުޤީޤު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް