ޝައިޚް އިމްރާން އިންތިހާބީ ރައީސާއި ބައްދަލުކުރައްވައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ)ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއީ ރިޔާސީ އިންތިހާބުގެ ފަހުން މި ދެ ބޭފުޅުނ...

03 Nov 2018 | 11:41

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ)ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފަހުން މި ދެ ބޭފުޅުން ބައްދަލުވި ދެވަނަ ފަހަރެވެ. ރިޔާސީ އިންތިހާބު ނިމުމާއެކު އިންތިހާބީ ރައީސް އިބޫ، ޝައިޚް އިމްރާންގެ އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އޭރު އިމްރާން ހުންނެވީ ގޭބަންދުގައެވެ.

ޝައިޚް އިމްރާނަކީ ގުޅިފައިވާ އިއްތިހާދުގައި ހިމެނޭ އެއް ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީގެ ރައީސް ކަމުގައިވާއިރު މިނިވަންވެ ފުރަތަމަ ފަހަރަށް އެ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި އިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެކަށީގެން ނުވާ މިންވަރަކަށް ކޯލިޝަނުން އުއްމީދު ކުރުމުގެ ނަތީޖާ އަކަށް ވާނީ އެ ކަމެއް ނުވުމުގެ މާޔޫސްކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް އޭގެ ހިތްދަތިކަން ވާސިލް ކުރުން ކަމަށެވެ.

ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ކާމިޔާބު ކުރެވޭ ނަމަ، އެ މީހަކީ އިބްރާހިމް މުހައްމަދު ސޯލިހް ކަމުގައިވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވި އިރު ޝައިޚް އިމްރާން ހުންނެވީ ގޭ ބަންދުގައެވެ. އެއީ މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް އިއްވާފައިވާ ހުކުމެއް ތަންފީޒު ކުރުމުގައެވެ. އިންތިހާބީ ރައީސް ކެމްޕޭނު ކުރެއްވިއިރުވެސް ސިޔާސީ ހައްޔަރީން ދޫކުރަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރު ވަނީ މިނިވަންވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް