ނަސްރުގެ ދުވަހުން ލިބިގަންނަންޖެހޭ ފިލާވަޅަކީ އެއްބައިވަންތަކަމުގެ މުހިންމުކަން: ޝައިޚް އިމްރާން

ނަސްރުގެ ދުވަހުން ލިބިގަންނަން ޖެހޭ މުހިންމު އެއް ފިލާވަޅަކީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައިވަނ...

03 Nov 2018 | 06:33

ނަސްރުގެ ދުވަހުން ލިބިގަންނަން ޖެހޭ މުހިންމު އެއް ފިލާވަޅަކީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކޮށް ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި މިވަގުތަކީ އުފާވެރި ވަގުތެއް ކަމަށާއި މި އުފާވެރިކަން މި ގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

https://twitter.com/ShimranAb/status/1058576145740787712

އުފާވެރި ވަގުތެއްގެ ގޮތުގައި ސިފަކުރައްވާފައިއެވަނީ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލި ކުރެވުން ކަމުގައި ބެލެވެއެވެ. ރައީސް ޔާމީންގެ އާރާއި ބާރު އޮތް އިރު ޝައިޚް އިމްރާން ހުންނެވީ ޖަލު ހުކުމުގައެވެ. ހުކުމުން މިނިވަންވީ، އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް