ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

ސްރީ ލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީން ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ އެވެ. ލަންކާގެ ޔުނައިޓެޑް...

03 Nov 2018 | 05:04

ސްރީ ލަންކާގެ އައު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީން ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ އެވެ.

ލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަކީ ކުރިގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއެވެ. އައު ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު ލަންކާގެ އައު ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އިސްވެގެން ދިޔައީ އެގައުމުގެ ސިޔާސީ މަސްރަހަށް އައި ކުއްލި ބަދަލަކާއެކުގައެވެ.

އެގޮތުން އެ ބަދަލު އައީ އެގައުމުގެ ރައީސް ސިރިސޭނާގެ ޕާޓީއާއި ރަނިލްގެ ޕާޓީ ގުޅިގެން އުފެއްދި ކޯލީޝަން ނިންމުމަކަށް ގެނެސް ރައީސަށް ލިބިފައިވާ ބާރުގެ ދަށުން، ރަނިލް ބޮޑުވަޒީރު ކަމުން ވަކިކޮށް ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް