ރައީސް ޔާމީނަށް އިންޒާރުގެ މެސެޖު ފޮނުވަމުންދިޔަ ކަމުގެ ތުހުމަތުގައި ހއ ބާރަށުން މީހަކު ހައްޔަރުކޮށް އެމީހާއާއި ގުޅުން ހުރި ދެ ގެ އެއް ބަލައި ފާސްކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް އެމީހާ އާއި ގުޅުން ހުރި ދެ ގެއެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެމީހާ ހައްޔަރުކުރީ ކޮން މައްސަލައަކާއި ގުޅިގެންކަން އޮފިޝަލް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ މިމީހާގެ ނަމުގައި ނަގާފައިވާ ނަމްބަރަކުން ރައީސް ޔާމީނަށް އިންޒާރުދީ މެސެޖު ފޮނުވާތީ އެއަތޮޅު ކުޅުދުއްފުށީ ކޯޓުން ފުލުހުންނަށް ދޫކޮށްފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކުޅުދުއްފުށީ ކޯޓުން ފުލުހުންނަށް އަމުރު ދޫކޮށްފައިވަނީ ހއ ބާރަށު އަހުމަދު ޔާމީން ނަމަކަށް ކިޔާ މީހަކު ހޯދުމަށެވެ.
އެ ކޯޓު އަމުރުގައި ވަނީ އަހުމަދު ޔާމީން ހޯދަން ބޭނުން ވަނީ އޭނާގެ ނަމުގައު ރެޖިސްޓްރީ ކޮށްފައިވާ ނަމްބަރަކުން ރައީސް ޔާމީނަށް އިންޒާރުދީ މެސެޖް ފޮނުވާތީ ކަމަށް ބުނެފައިވާކަމަށާއި އަދި އޭނާ ހޯދަމުން ދަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް