ހއ އުލިގަމުގައި މަލްޓާގެ ކުންފުންޏަކުން ބަޑި ގުދަނެއް ހަދާކަމަށް ދެކެވުނު ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
ޓައިމްސް އޮފް މަލްޓާއަށް ދީފައިވާ އިންޓަވިއުއެއްގައި އެ ކުންފުނީގެ ތަރުޖަމާނު ބުނެފައިވަނީ އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިތުރަށް ތަފްސީލެއް ދެވެން ނެތްކަމަށް ތަރުޖަމާނު ބުނި ކަމަށްވެސް މަލްޓާގެ ނޫހުގައި ވެ އެވެ.
އެ ކުންފުނީގެ ތަރުޖަމާނު އިތުރަށް ބުނެފައިވަނީ އެމީހުންގެ ވިޔަފާރިތަކާ ބެހޭ ވާހަކަ މީޑިއާއާއި ހިއްސާކުރުމަކީ އެމީހުން ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ.
އުލިގަމުގައި ބަޑިގުދަނެއް ހަދަން އުޅޭކަމަށްބުނެ ދެކެވުނު ވާހަކަތައް ދިވެހި ސަރުކާރުންވެސް ވަނީ ދޮގުކޮށްފަ އެވެ.
ނަމަވެސް ރާއްޖެއިން ހުއްދަދޭނަމަ ރާއްޖޭގައި އެފަދަތަނެއް ހަދާފާނެކަމަށް މަލްޓާގެ މި ކުންފުނިން ބުނާކަމަށްބުނެ މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ.އެހެން ނަމަވެސް ޓައިމްސް އޮފް މަލްޓާއަށް ދިން އިންޓަވިއުގައި މަލްޓާގެ ކުންފުނިން މިހާރު މިވަނީ އެކަން ދޮގުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް