އިނގެރޭސި ޕްރމިއަރލީގު: ސިޓީއިން ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފި

ރޭ ކުޅެވުނު މެންޗަސްޓަރ ޑާބީގައި މެންޗަސްޓަރ ސިޓީއިން މެންޗަސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފިއެވެ. މެޗުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޔުނައިޓެޑްގެ މައްޗަށް ސިޓީއިން ކުރިހޯދާފަ...

03 Nov 2014 | 07:58

ރޭ ކުޅެވުނު މެންޗަސްޓަރ ޑާބީގައި މެންޗަސްޓަރ ސިޓީއިން މެންޗަސްޓަރ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފިއެވެ.

މެޗުގެ ބޮޑުބައެއް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޔުނައިޓެޑްގެ މައްޗަށް ސިޓީއިން ކުރިހޯދާފައވަނީ 1-0ގެ ނަތީޖާއަކުންނެވެ.

އެތިހާދް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ޑިފެންޑަރ ކްރިސް ސްމޯލިންގއަށްވަނީ 2 ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ޔުނައިޓެޑްކޮޅަށް ސިޓީއިންޖެހި ހަމައެކަނި ގޯލް މެޗުގެ 63ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަރޖެންޓީނާގެ ފޯވަރޑް ސާޖިއޯ އަގުއޭރޯއެވެ. މިއީ އަގުއޭރޯ މި ސީޒަންގައި މިހާތަނަށްޖެހި 12 ވަނަ ގޯލެވެ.

ޓްރާންސްފާ ސީޒަންގައި ބޮޑު ހަރަދެއްކުރި މެންޗަސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ މާކޮސް ރޯހޯއަށްވަނީ މެޗުގައި އަނިޔާވެފައެވެ. ޑިފެންޑަރުންގެ މައްސަލައާ ކުރިމަތިލަމުން އަންނަ ޔުނައިޓެޑަށް ރޯހޯގެ އަނިޔާއާއި ގުޅިގެން އަސަރުތަކެއް ކުރާނެކަމަށް ލަފާކުރެވެެއެވެ.

މެޗުންމޮޅުވެ ސިޓީއޮތީ 20 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ. ޔުނައިޓެޑްއޮތީ 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް