މިރޭގެ އިހުތިޖާޖުގެ މެންޒަރެއް - ފޮޓޯ: އެމްޑީޕީ
މިހާރު ކުރިއަށްދާ މުޒާހަރާގައި ދިވެހި ފުލުހުންނާއި
ދިމާލަށް ގަލާއި ފެންފުޅި އުކައިފި ކަމަށާއި އަދި އާލާތްތައް އަތުލަންވެސް މަސައްކަތް
ކޮށްފި ކަމަށާއި އެހެންކަމުން އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ
އިންޒާރު ދިވެހި ފުލުހުން ދީފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ދެންމެ ނެރުނު
ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އެމްޑީޕީއިން
މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ
ޚިލާފަށް، މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން، އެގޮތަށް އަމަލު ނުކުރުމަށް
ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދީފައިވާނެ ކަމަށެވެ.
"ނަމަވެސް އެކަމަށް އިޖާބަ ނުދީ، އެއްވުމުގެ
ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް
އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވެއެވެ.
އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ
ވާހަކަ ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުންގެ ވާޖިބު
އަދާކުރުމަށް ހުރަސް ނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް