ދާއިރާގެ ރައްޔިތުންނަށް ލިބިގެން މިދިޔައީ މަތިވެރި ނަސްރެއް: އެމްޕީ އަމީތު

ގޮނޑި ގެއްލިފައިވާކަމަށް ކުރިން އިލެކްޝަންސުން ނިންމާފައިވާ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އިލްކެޝަންސުން މިއަދު ނިންމި ނިންމުމަކީ ދާއިރާގެ ރައްޔިތުންނށް ލިބިގެންދިޔަ މަތިވެރި ނަސްރެއް ކަމުގައި...

03 Oct 2018 | 15:11

ގޮނޑި ގެއްލިފައިވާކަމަށް ކުރިން އިލެކްޝަންސުން ނިންމާފައިވާ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އިލްކެޝަންސުން މިއަދު ނިންމި ނިންމުމަކީ ދާއިރާގެ ރައްޔިތުންނށް ލިބިގެންދިޔަ މަތިވެރި ނަސްރެއް ކަމުގައި މަޑުއްވަރީ ދާއިރާގެ މެމެބްރު މުހހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"އިލެކްޝަންސުން ނިންމާފައިވާ ޣައިރު ޤާނޫނީ ނިންމުން އެ ކޮމިޝަނުން މިއަދު ބާތިލު ކުރި ކުރުމަކީ ދާއިރާގެ ރައްޔިތުންނަށް ލިބިގެންދިޔަ މަތިވެރި ނަސްރެއް، އަލްހަމްދުލިﷲ" އަމީތުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ޓްވީޓްގައި އަމީތު އިތުރަށް ވިދާޅުވެފައިވަނީ ފެންނަމުން މިދަނީ އަނިޔާވެރިން ބަލިވެ އިންދަޖެހެމުން ދާ ތަން ކަމަށެވެ. ހައްގަށް ނަސްރު ލިބިގެންދާ މަންޒަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް