ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަންކޮށްފިއެވެ.
މުންދު އެ މަޤާމަށް އައްޔަންކޮށްފައިވަނީ އެ ޕާޓީން މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި އެވެ.
އެ ޕާޓީން ބުނެފައިވާގޮތުގައި އެ މަޤާމަށް މުންދު އައްޔަންކޮށްފައިވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުންދު މިއަދު އައްޔަންކޮށްފައިވާއިރު ޕީޕީއެމްއިން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޚާއްސަ ޤައުމީ މަޖިލިސް އެންޑޯޒް ނުކުރަން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ. އެ ޤައުމީ މަޖިލީޙުގައި އެ ޕާޓީގެ ރައީސަކަށް، ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޮވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް