އެމްޕީއެސްއޭ ސްޕީކަރސް ސަމިޓް 2025 – ވާހަކަ ދެއްކުމުގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް ރަނުގެ ފުރުސަތެއް

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ) ގެ ސްޕީކަރސް ސަމިޓް 2025 މިމަހު 6 އަދި 7 ގައި އޮންނާނެ ކަމަށް އެމްޕީއެސްއޭ އިން ބުނެފިއެވެ. މި ސަމިޓް އޮންނާނީ މި ދެ ދުވަހުވެސް ހެނދުނު 9:...

03 Sep 2025 | 05:53
އެމްޕީއެސްއޭ ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި -

އެމްޕީއެސްއޭ ސަމިޓުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި -

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ)

ގެ ސްޕީކަރސް ސަމިޓް 2025 މިމަހު 6 އަދި 7 ގައި އޮންނާނެ ކަމަށް އެމްޕީއެސްއޭ އިން

ބުނެފިއެވެ.

މި ސަމިޓް އޮންނާނީ މި ދެ ދުވަހުވެސް ހެނދުނު 9:00 އިން

ހަވީރު 4:00 އަށް ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.  މި  ސަމިޓަކީ

ޕްރޮފެޝަނަލް ސްޕީކާސް، ކުރިއަރަމުން އަންނަ ވާހަކަދެއްކުންތެރިންނާއި ކޯޗުންނާއި މި

ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް މިދާއިރާގެ

އެންމެ ފަހުގެ މައުލޫމާތު ލިބިގަތުމަށް ރަނުގެ ފުރުސަތެކެވެ. އަދި މިއީ މިދާއިރާގެ

ފަރާތްތަކުން އެއް ފުރާޅެއްގެ ދަށުގައި ބައްދަލުކޮށް މަޝްވަރާކުރުމަށް ލިބޭ ފުރުސަތެކެވެ.

މި ސަމިޓުގައި ދުނިޔޭގެ ފެންވަރުގެ ޕްރޮފެޝަނަލް ސްޕީކާސް

އާއި މި ދާއިރާއިން ދިވެހި ރާއްޖޭން ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވާނެއެވެ.  އަދި މި މާހައުލުވެގެންދާނީ އުނގުނުމަށާއި ތަޖުރިބާ

ހިއްސާކޮށްލުމަށް ފަހި މާހައުލަކަށެވެ.

މި ސަމިޓްގައި ބައިވެރިވާންވީ ކީއްވެ؟

މި ސަމިޓްގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޕްރޮފެޝަނަލް

ސްޕީކަރުންނާއި، ކޯޗުންނާއި ބައްދަލުކޮށް އުނގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި

ވާހަކަ ދެއްކުމުގައި އޯޑިއެންސްގެ ޝައުގުވެރިކަން ހޯދުމަށް ބޭނުންކުރާ އެންމެ ފަހުގެ

ޓެކްނިކްތައް ތަގުރީރުތަކުގަ އާއި ވޯކްޝޮޕްތަކުގައި ކިޔާދޭނެއެވެ. ވާހަކަ ދެއްކުމުގެ

ހުނަރު ތަރައްގީވުމުގެ އިތުރުން މި ދާއިރާއިން ކުރިއަށް ދިއުމަށް އަމިއްލަނަފުސަށް

އޮންނަ އިތުބާރާއި ޔަގީންކަން ވެސް އިތުރުވެގެންދާނެއެވެ.

މި ސަމިޓްގައި ވާހަކަދައްކާނެ ބޭރުގެ ތަޖުރިބާކާރުންތެރޭގައި

ޔޫކޭގެ ޕްރޮފެޝަނަލް ސްޕީކާސްގެ ރައީސް  މިޝެލް

މިލްސް ޕޯޓަރ، މައްޝޫރު ލިޔުންތެރިޔާ މިމީ ނިކްލިން އަދި އޭޝިއާ ޕްރޮފެޝަނަލް ސްޕީކާސް

ސިންގަޕޫރުގެ ރައީސް ޔޫޖީން ސިއާ ހިމެނެއެވެ. އަދި ސްޕޭންގެ ޕްރޮފެޝަނަލް ސްޕީކާސްގެ

ރައީސް މާރޓާ ޕަރްޑޯ ވެސް ހިމެނެއެވެ. އަދި އޭއި ބެހޭ އިންޑިއާގެ ތަޖުރިބާކާރެއްކަމަށް

ޖޯން ވީ ޖަޔަކުމާރަ ވެސް ހިމެނެއެވެ.

ރާއްޖޭން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި

މުޙައްމަދު ޝިހާބު - ޗީފް ހެޕީނަސް އޮފިސަރ

މުޙައްމަދު މަހްދީ – މޯޓިވޭޝަނަލް ސްޕީކަރ، އައިސީއެފް

ކޯޗު، އަދި ހޮޓެލިއަރ

އާމިނަތު ޢަލީ - ރައީސް، އައްޑޫ ސިޓީ ޓޯސްޓްމާސްޓަރސް ކްލަބް

ރީމާ ރަޝީދު - ދަ ކޯޗިންގ ކޯގެ

ޙުސައިން ސިރާޖު - އައިސީއެފް ކޯޗު

މި ފުރުސަތުގެ ބޭނުންކުރައްވާ

އެމްޕީއެސްއޭ ސްޕީކަރސް ސަމިޓް 2025 އަކީ ހަމައެކަނި

ސަމިޓެއް ނޫނެވެ. އެއީ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް އެޅޭ ޚާއްސަ ފިޔަވަޅެކެވެ.

ތިބާއަކީ ޕްރޮފެޝަނަލް ސްޕީކަރައަކަށް ވިޔަސް އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ

ފަރާތަކަށް ވިޔަސް ތަޖުރިބާކާރު ކޯޗެއް ކަމުގައި ވިޔަސް، ނުވަތަ މުއާމަލާތްކުރުމުގެ

ހުނަރު ތަރައްގީކުރަން ބޭނުންވާ ފަރާތެއް ކަމަށް ވިޔަސް މި ސަމިޓްގެ ސަބަބުން ތިބާއަށް

ކުރިއަށް ދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރާއި ވަސީލަތްތައް ފޯރުކޮށްދޭނެއެވެ.

ރަޖިސްޓްރީވުމަށް

އިތުރު މަޢުލޫމާތު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް