މެލޭޝިޔާ ކަސްޓަމްސް އިން އަތުލައިގަތް ތަކެތި - ފޮޓޯ: ސްޓްރެއިޓް ޓައިމްސް
މެލޭޝިޔާއިން ސިންގަޕޫރަށް އެތެރެކުރާން އުޅުނު
ތިން ލައްކައެއްހާ ވޭޕު ދަނޑިއާއި ވޭޕާއި ގުޅޭ ސާމާނު އަތުލައިގަނެވިފައިވާކަމަށް
މެލޭޝިޔާގެ ކަސްޓަމުން ބުނެފިއެވެ.
މެލޭޝިޔާގެ ކަސްޓަމްސް އޮފިސަރުން ބުނެފައިވާގޮތުގައި
އެ ކޮންޓެއިނަރުތައް ޑިކްލެއަރކޮށްފައިހުރީ ފަރުނީޗަރުގެ ގޮތުގައެވެ.
އެ ވޭޕުތަކަކީ ޗައިނާމަގުން މެލޭޝިޔާއަށް
އެތެރެކޮށް މެލޭޝިޔާ މަގުން ސިންގަޕޫރަށް އެތެރެކުރާން އުޅުނު ތަކެތި ކަމަށް ބައެއް
މަސްދަރުތަކާ ހަވާލާދީ ސިންގަޕޫރު ނޫސްތަކުން ބުނެފައިވެއެވެ.
މެލޭޝިޔާގައި ބައެއް ސަރަހައްދުތަކުގައި ވޭޕު މަނާ
ނަމަވެސް މުޅި ޤައުމުގައި ވޭޕު އަދި މަނަލެއް ނޫނެވެ. އެހެންނަމަވެސް ސިންގަޕޫރުގައި
ވޭޕު އެއްކޮށް މަނާކޮށްފައިވާއިރު މިފަހަކަށް އައިސް މެލޭޝިޔާމަގުން ސިންގަޕޫރަށް ވޭޕު
އެތެރެކުރުން އިންތިހާ އިތުރުވެފައިވާކަމަށް ތަފާސްހިސާބުން ދައްކާކަމަށް ސިންގަޕޫރު
މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް