ގެއްލުނު ހައްޖުވެރިންގެ ތެރެއިން އެކަކު އަދިވެސް ނުފެނޭ

ހައްޖުގެ އަޅުކަމަށް ރާއްޖެއިން މިއަހަރު ދިޔަ މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ އެކަކު އަދިވެސް ނުފެންނަ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ. ހައްޖު ކޯޕަރޭޝަނާއި ހަވާލާދީ ހައްޖުގެ އަޅުކަން އަދ...

03 Sep 2017 | 18:08

ހައްޖުގެ އަޅުކަމަށް ރާއްޖެއިން މިއަހަރު ދިޔަ މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދާ އެކަކު އަދިވެސް ނުފެންނަ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަނާއި ހަވާލާދީ ހައްޖުގެ އަޅުކަން އަދާ ކުރަމުންދާ ނޫސްވެރިޔަކު ބުނީ މަގު އޮޅިގެން ގެއްލުނު މީހުންގެ ތެރެއިން ރެއާއި ހަމައަށް ދެމީހަކު ފިޔަވާ ހުރިހާ އެންމެން ފެނިފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު އޭގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔަ 63 އަހަރުގެ އަންހެން މީހާ ފެނިފައިވާ ކަމަށެވެ.

އޭނާ ފެނިފައިވާ މިނާގެ މުޒްދަލިފާއާ ވީ ކޮޅުގައި ހުންނަ މަސްޖިދުއް ކުވެއިތު ކައިރިން ކަމަށްވެ އެވެ. އަދިވެސް ނުފެންނަނީ އުމުރުން 71 އަހަރުގެ ޅ. ނައިފަރު މީހެކެވެ.

ގެއްލުނު ގިނަ މީހުން ފެނުނީ ރާއްޖޭ މީހުންކަން އަންގައިދޭ ކާޑުގެ އެހީގައި އެހެން ގައުމުތަކުގެ މީހުން އެހީތެރިކަމާއި އެކު އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް