މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ދިވެހި ސަރުކާރުން ކަނޑާލައިފި

މިޔަންމާއާއެކު ރާއްޖެއިން އޮތް ވިޔަފާރީގެ ގުޅުން ދިވެހި ސަރުކާރުން ކަނޑާލައިފި އެވެ. މި ގުޅުން ކަނޑާލަން ނިންމާފައިވަނީ މިޔަންމާގެ ރޯހިންޔާ މުސްލިމް ދަރިކޮޅާއި ދެކޮޅަށް އެގައުމުގައި ހިންގަމުން އަންނަ ...

03 Sep 2017 | 16:50

މިޔަންމާއާއެކު ރާއްޖެއިން އޮތް ވިޔަފާރީގެ ގުޅުން ދިވެހި ސަރުކާރުން ކަނޑާލައިފި އެވެ. މި ގުޅުން ކަނޑާލަން ނިންމާފައިވަނީ މިޔަންމާގެ ރޯހިންޔާ މުސްލިމް ދަރިކޮޅާއި ދެކޮޅަށް އެގައުމުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެންނެވެ.

މިކަމާއިބެހޭގޮތުން ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޯހިންޔާ ދަރިކޮޅާއި ދެކޮޅަށް ހިންގާ އިންސާނިއްޔަތާއި ހިލާފު އަމަލުތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖެއިން މިޔަންމާއާއެކު ގުޅުން ކަނޑާލާފައިމިވަނީ މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ފިޔަވަޅު އެޅުމާ ހަމައަށް ކަމުގައި އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ރާއްޖެއިން މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައިވާއިރު ރާއްޖެ އިން ވަނީ ރޮހިންޖާގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލަ ބެލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލަށާއި ހިއުމަން ރައިޓްސް ކައުންސިލަށް ވެސް ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް