ރޯހިންޔާ ދަރިކޮޅަށް ލިބެމުންދިޔަ ކާނާގެ އެހީވެސް ހުއްޓުމަކަށް !

މިޔަންމާގެ ރޯހިންޔާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނަށް ލާއިންސާނީ އަނިޔާކޮށް އެތައް ހާސް މުސްލިމުން މަރަމުން އަންނައިރު އެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދެމުންދިޔަ ވޯލްޑް ފުޑް ޕްރޮގްރާމުން އެކަންވ...

03 Sep 2017 | 01:53

މިޔަންމާގެ ރޯހިންޔާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނަށް ލާއިންސާނީ އަނިޔާކޮށް އެތައް ހާސް މުސްލިމުން މަރަމުން އަންނައިރު އެ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދެމުންދިޔަ ވޯލްޑް ފުޑް ޕްރޮގްރާމުން އެކަންވެސް ހުއްޓާލައިފި އެވެ. އެފަރާތުން ހާމަކޮށްފައިވާގޮތުގައި ހުއްޓާލީ އެކަން ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތި މަޖުބޫރު ވުމުންނެވެ.

ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ޑަބްލިއުއެފްޕީން ފޯރުކޮށްދެމުންދިޔަ ކާނާގެ އެހީ ހުއްޓުމަކަށް އައިސްފައިވާއިރު މިޔަންމާގެ ކަމާބެހޭ އިދާރާތަކުން އަބަދުވެސް އަންނަނީ ޑަބްލިއުއެފްޕީގެ ބޮލުގައި އިލްޒާމްތަކެއް އަޅުވަމުންނެވެ. އެއީ މުސްލިމުންނަށް ވަކި ހާއްސަ އަހަންމިއްޔަތެއް ދޭކަމަށްބުނެ އަޅުވާ އިލްޒާމެވެ.

ކާނާ ފޯރުކޮށްދިނުން ހުއްޓާލާފައިވާއިރު ރޯހިންޔާ ދަރިކޮޅުގެ އެއްލައްކަ ބާރަހާހަށްވުރެ ގިނަ ރައްޔިތުން ކެއުންބުއިމުގައި ބޭނުންކުރަނީ ޑަބްލިއުއެފްޕީން ފޯރުކޮށްދޭ ކާނާ ކަމުގައި މީޑިއާ ރިޕޯޓްތއ ބުނެ އެވެ.

ރޯހިންޔާގެ މަސްރަހު މި ފަހުން އިންތިހާއަށް ގޯސްވެފައިވާއިރު އެތައް ހާސް މުސްލިމުންނެއް އަންނަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝަށް ހިޖުރަ ކުރަމުންނެވެ. ކްރިސްޓިއަނުންގެ ހަމަލާތަކުން ސަލާމަތްވުމަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާކަމަށް އދ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް