މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މުސްލިމް ގައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ މީހުން މައްކާއަށް ޖަމާވެފައިވާއިރު މަތީގައި އެވާ ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ހައްޖުވެރިންނަށް ޕްލާސްޓިކް ކޮތަޅު ބަހަމުންދާ މަންޒަރެވެ.
މި މަންޒަރަކީ ތަފާތު މަންޒަރަކަށްވެފައިވާއިރު ގިނަ ބަޔަކު ބުނަނީ މިއީ ކިތަންމެ ކުޑަ ކަމަކުންވެސް ސަވާބާއި މީހުން ލޯބި ހޯދިދާނެ ކަމުގެ މިސާލެއް ކަމަށެވެ.
މި ކުޑަކުއްޖާ ހައްޖުވެރިންނަށް ކޮތަޅު ބަހަމުންދަނީ ހައްޖުވެރިންގެ ފައިވާނާއި ހިފާގެންގުޅޭ ސާމާނު ލުމަށް ކޮތަޅު ބޭނުންވާނެ ކަމަށް ބަލާފަ އެވެ. މި ކުއްޖާ އަތުން ކޮތަޅު ލިބިގަނެ ގިނަ މީހުން ދަނީ މި ކުއްޖާގެ ބުރަކަށީގައި ފިރުމާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް