ތުރުކީގައި ރަންކުލައިގެ އަހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކޮށް އެއީ ދުނިޔޭގެ އެންމެ ރީތި އަސް ކަމަށް އެމީހުން ބުނަން ފަށައިފި އެވެ. ހަމައެކަނި އެމީހުނެއް ނޫނެވެ. އަހާއިބެހޭ ތަޖުރިބާކާރުންވެސް ބުނަނީ އެއީ ދުނިޔޭގެ އެންމެ ރީތި އަސް ކަމަށެވެ.
މި އަހަކީ "އަޚާލް ޓޭކޭ" ނަމަކަށްކިޔާ ނަސްލަކަށް ނިސްބަތްވާ އަހެކެވެ. މި ވައްތަރުގެ އަހުގެ ހަންގަނޑު ހުންނަނީ ރަން ކުލައިގަ އެވެ. އަވީގައި މި އަސް ފެންނައިރު ހަންގަނޑު ވިދަވިދާ ހުރެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މުޅި ދުނިޔޭގައިވެސް މި ނަސްލުގެ ވަނީ އެންމެ ތިންހާސް ފަސްސަތޭކަ އަހެވެ.
ޗައިނާގައި މިވައްތަރުގެ އަހަށް ދީފައިވާ ނަމަކީ "ހޯސެސް ދެޓް ކަމް ފްރޮމް ޕެރަޑައިސް" ކަމުގައިވާއިރު ތަޖުރިބާކާރުން ބުނަނީ މިވައްތަރުގެ އަހަށް ރަންކުލައިގެ ހަންގަނޑެއް ލިބިފައިވަނީ އެ އަސް ދިރިއުޅޭ މާހަލުގައި "ކެމަފުލާޖު" ވުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް