މިރޭ ހުޅުމާލޭގައި ހަވާ އަރުވާނެ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާ ގުޅިގެން މިރޭ ހުޅުމާލޭ އިރުމަތީ ފަރާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެ...

03 Jul 2026 | 06:03
N/A

N/A

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާ ގުޅިގެން މިރޭ ހުޅުމާލޭ އިރުމަތީ ފަރާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ހަވާ އެރުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 22:00 ހާއިރުއެވެ. ގާތްގަނޑަކަށް ތިން މިނެޓެއް ހާއިރު ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އަކީ އެމްއެމްއޭއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ ދެ ވަނަ ދުވަހުން ހަތަރު ވަނަ ދުވަހަށް ކުރިއަށް ގެންދާ ތިން ދުވަހުގެ ހަރަކާތެކެވެ. "އެމްޕަވަރިން ސަސްޓެއިނެބަލް ފިއުޗާޒް: އިންކްލޫޝަން، އިނޮވޭޝަން، އެންޑް އިންޓެލިޖެންސް" ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއީ ނުވައެއް އަހަރު ފަހުން ފައިނޭންޝަލް އެކްސްޕޯ ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2015 ގައި ބޭއްވި އެކްސްޕޯއަށް ގާތްގަނޑަކަށް 2،500 މީހުން ޒިޔާރަތްކުރިއިރު، 2017 ގައި ބޭއްވި އެކްސްޕޯއަށް 6،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ. މި ފަހަރުގެ އެކްސްޕޯގައި ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތައް ބައިވެރިވެއެވެ. ކޮންމެ ދުވަހެއްގެ 15:00 އިން 22:00 އަށް ޢާންމުންނަށް ހިލޭ ވަދެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް