ހުޅުމާލެ ފްލެޓްތަކުގެ ހުސްޖާގަ ބޭނުންކުރާގޮތުގެ ސަރވޭއެއް ހަދަނީ
ހުޅުމާލެ ފްލެޓްތަކުގެ ހުސްޖާގަ ބޭނުންކުރާ ގޮތުގެ ސަރވޭއެއް ކުރަން ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން މި ސަރވޭ ކުރަން ނިންމާފައިވަނީ ހުޅުމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން، ފްލެޓްތަކުގެ ހުސްޖާގައިގައި ނުގަވާއިދުން އުޅޭކަމުގެ ޝަކުވާ އެ ކޯޕަރޭޝަން އަށް ލިބެމުން ދާތީކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ސަރވޭގައި އެ ކޯޕަރޭޝަނުން ކޮމަން އޭރިއާ އިމާރާތްކޮށްފައި ހުރިގޮތާއި، އެއްމެދު އިމާރާތަށް ގެއްލުންވާފަދަ ގަސްތަށް އިންދާފައި ހުރިތޯ ބަލާނެއެވެ. އަދި ކޮމަން އޭރިއާ ހިޔާކޮށް ދޮރު ހަރުކޮށްފައި ހުރިތޯ އާއި، ވިޔަފާރި ބޭނުމަށް އެ އޭރިއާ ބޭނުންކުރޭތޯ އާއި، ބެލްކަނީގެ ރެއިލިންގ އިން ދޮރު ކަނޑާފައި ހުރިތޯ ވެސް ބަލާނެއެވެ. މީގެ އިތުރުން، އެ ކޯޕަރޭޝަނުން ހުއްދަ ނުކުރާފަދަ ބަދަލެއް އިމާރާތުގެ ބޭރަށް ގެނެސްފައި ހުރިތޯ ވެސް ބަލަން ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން މި ސަރވޭ ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް