N/A
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މި އަހަރު ބާއްވާ "އެމްއެންޔޫ ފަހި ފުރުސަތު" (ޖޮބް ފެސްޓިވަލް 2026) ގައި ބައިވެރިވުމުގެ މުއްދަތު 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
މި ފެސްޓިވަލް ބާއްވަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ ތިނެއް އިން ފަހެއް އަށް، ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. މާލެ ކެމްޕަހުގެ އިތުރުން އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައި ވެސް މި ފެސްޓިވަލް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
"ފުރާތަ – މުޖުތަމައަށް އަނބުރާ ދިނުން" މި ޝިޢާރުގެ ދަށުން ބާއްވާ މި ވަޒީފާ މައުރަޒަކީ ވަޒީފާ ދޭ ފަރާތްތަކާއި ދަސްވެނިވާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިލަދޭ ބާޒާރެކެވެ. ފެސްޓިވަލަށް ވަނުމުގެ ފުރުޞަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވައިލެވިފައިވާނެ ކަމަށް ޔުނިވަރސިޓީން ބުންޏެވެ.
2025 ވަނަ އަހަރު ބޭއްވި ޖޮބް ފެސްޓިވަލުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 49 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް