ދޮން ދަރިންތަކަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްސަލަ ބަލަނީ

ދެ ދޮން ދަރިންނަށް ޖިންސީ ގޯނާ ކުރި ފިރިހެނެއްގެ މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ކ. އއ. އދ އަދި ވ. އަތޮޅު ހިމެނޭ ނޯތް ސެންޓްރަލް ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. މައްސަލަ ...

03 Feb 2020 | 18:53

ދެ ދޮން ދަރިންނަށް ޖިންސީ ގޯނާ ކުރި ފިރިހެނެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ކ. އއ. އދ އަދި ވ. އަތޮޅު ހިމެނޭ ނޯތް ސެންޓްރަލް ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ55 އަހަރުގެ އެ ފިރިހެން މީހާގެ މައްޗަށް ކުރަނީ އުމުރުން18 އަހަރު ނުވާ ދެ ދޮން ދަރިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތު ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް