ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް މިއަދު ސްރީލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވުމަށް ލަންކާއިން ދިން ދައުވަތަކަށެވެ.
ރައީސް ސޯލިހު ލަންކާގައި އަންގާރަ ދުވަހާއި ހަމަޔަށް މަޑުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު މެނދުރުގެ ވަގުތެއްގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖޭގެ ރައީސަކު ލަންކާގެ މިނިވަން ދުވަސް ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަސް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް