ކޮމްޕިއުޓަރަކީ މި ޖީލަށް ކުރިމަތިވެފައިވާ ތުރާލެއް، އެއީ ރައްކާތެރި އެއްޗެއް ނޫން: ޑޮނާލްޑް ޓްރަމްޕް

ކޮމްޕިއުޓަރަކީ މި ޖީލަށް ކުރިމަތިވެފައިވާ ތުރާލެއް ކަމަށާއި އެއީ ރައްކާތެރި އެއްޗެއް ނޫން ކަމުގައި އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާ...

02 Jan 2017 | 22:41

ކޮމްޕިއުޓަރަކީ މި ޖީލަށް ކުރިމަތިވެފައިވާ ތުރާލެއް ކަމަށާއި އެއީ ރައްކާތެރި އެއްޗެއް ނޫން ކަމުގައި އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އައު އަހަރުގެ ޕާޓީއެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މި ފަހަކަށް އައިސް ކޮމްޕިއުޓަރުގެ ނުރަނގަޅު ވާހަކަ އާއި އޭގެން ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ގިނަގިނައިން ޓްރަމްޕް ދައްކަވަމުންގެންދަވާ އިރު އޭނާ ވިދާޅުވެފައިވަނީ ކަމެއް ކުރަން ބޭނުންނަމަ ކުރީ ޒަމާނު ކަންކަން ކުރި ގޮތް މާ ރަނގަޅު ކަމަށެވެ. މިސާލަކަށް ނެންގެވީ އީމެއިލް އެވެ. ޓްރަމްޕް ވިދާޅުވީ މެއިލް ފޮނުވުމުގައިވެސް ކުރިން އަމަލުކުރާގޮތަށް ގަނޑެއްގައި ލިޔެ ޕޯސްޓްކުރުން ސަލާމަތީ ގޮތުން މާ ރައްކާތެރިވާނެ ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދުދޭ ފަރާތްތަކުން ބުނަނީ ކޮމްޕިއުޓަރާ ޖައްސާލައިގެން ޓްރަމްޕް އުޅުއްވާއިރު ވެރިކަމަށް ވަޑައިގެންނެވުނީ ކޮމްޕިއުޓަރައިޒްޑް އިލެކްޓްރޯނިކް ވޯޓް ހެކް ކޮށްގެން ކަމުގައި ތުހުމަތު ކުރާއިރު އަދި ޓްރަމްޕްއާއި ވާދަކުރެއްވި ހިލަރީ ކްލިންޓަންގެ މެއިލްތައް ލީކް ކޮށްލެވުނީ ކޮމްޕިއުޓަރައިޒްޑް ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށްވާއިރު ޓްރަމްޕް ދައްކަވާ ވާހަކަތަކުގެ ދެކޮޅު ނުޖެހޭ ކަމަށެވެ.

ނަމަވެސް ޓްރަމްޕް އަކީ ކޮމްޕިއުޓަރާ ދުރު ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އޮފީހުގައިވެސް ކޮމްޕިއުޓަރެއް ނުވަތަ ލެޕްޓޮޕެއް ނުގެންގުޅުއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް