ތައިލެންޑް އަންހެނަކު އޭނާގެ ކައިވެނި ޕާޓީގައި ތަފާތުކަމެއް ކޮށްފިއެވެ. އެއީ އޭނާ ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅުނު މީހުންނަށް އެ ޕާޓީއަށް އިންވައިޓް ކުރުމެވެ.
ނޫސްތަކުގައި ބުނެފައިވާގޮތުގައި ކައިވެނީގެ އެ ހަފްލާ ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. އެ ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ.
ޓުންޗަނޯން ބުންކާޗާ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ކައިވެނި ޕާޓީއަށް ކުރީގެ ތިން ބިޓުންނަށް ދައުވަތު އެރުވިއެވެ. އަދި އެ ތިންމީހުން ކައިވެނި ޕާޓީއަށް އައުމުން ފިރިމީހާ ހިމެނޭހެން ހަތަރު ފިރިހެނުންނާއެކު ފޮޓޯވެސް ނަގާފައިވެއެވެ.
އެ އަންހެން މީހާ ބުނެފައިވާގޮތުގައި އެކަން އެގޮތަށް ކުރީ ފިރިމީހާގެ ފުރިހަމަ ހުއްދަ ލިބިގެންނެވެ. އަދި ކުރީގެ ބިޓުންނަކީ މިހާރުވެސް ރަހުމަތްތެރިންގެ ގޮތުގައި އޭނާ ދެކޭކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް