އިންފްލުއެންޒާ ޖެހުނު ދިވެއްސަކު މަރުވެއްޖެ

އިންފްލުއެންޒާ ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ. އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މިބަލީގައި މަރުވީ މ. މުލި، މަރިޔާޒް، މުހައްމަދު ރަފީއު 51، އެވެ. އެޗްޕީ...

02 Dec 2019 | 07:54

އިންފްލުއެންޒާ ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މިބަލީގައި މަރުވީ މ. މުލި، މަރިޔާޒް، މުހައްމަދު ރަފީއު 51، އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުގައިވާ ގޮތުން މިދިޔަ މަހުގެ ތެރޭގައި 130 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

އިންފްލުއެންޒާ އަށް ވެކްސިން ލިބެން ހުރުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އިންފްލުއެންޒާ ވެކްސިން ޖެހުމަށްވެސް ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް