ސްޕްރީމް ކޯޓު މިއަދުން ފެށިގެން ރިސެސްއަށްދިއުމަށް ނިންމައިފި އެވެ.
ދިވެހި ރާއްޖޭގެ ކޯޓް ތަކުގެ ގާނޫނުގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ސްޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.
ސްޕްރީމް ކޯޓުން ބުނެފައިވަނީ ކޯޓް ރިސެސް ގައި އޮންނައިރު ގާނޫނު އަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ހާލަތެއްގައި ފިޔަވައި އެއްވެސް ޝަރީއަތެއްގެ އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
މީގެއިތުރުން އެކޯޓުން ބުނީ، ކޯޓުގައި އެއްވެސް އަޑުއެހުމެއް ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަ ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެން ނުދާނެ ކަމަށެވެ.
ޑިސެމްބަރ އެއް ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ވެސް އޮންނާނީ ރިސެސްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް