ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ ވަޒީރުންގެ މާލީ ބަޔާން ހުށަހަޅަން ފަށައިފިއެވެ.
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައި ހުރި ކަންތައް ތަކުގެ ތެރެއިން ވެރިން އަދި އެބޭފުޅުންގެ އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާއްމު ކުރުމަށް ނިންމާފައި ވެއެވެ. އަދި އެ ބަޔާންތައް ޤަވާއިދުން ރިވިއު ކުރުން ހަމަޖެއްސުމަށް ކަނޑައަޅާފައި ވެއެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މީޑިއާ އަށް މިއަދު ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ވަކި މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ އިިތުރުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު އެ ބޭފުޅުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ގޮތަށްވެސް ރައީސް ޞާލިޙު ވަނީ ނިންމަވާފައެވެ. ވަޒީރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ދީފައިވަނީ ކިހާ މުއްދަތެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ސަރުކާރުގެ ވެރިންނާއި ވަޒީރުންގެ މާލީ ބަޔާންތައް އާއްމު ކުރުމަށް ނިންމި މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް