ހަމީދަށް ފުލުހުންގެ އިންޓަލިޖެންސްގެ މަޤާމް އަލުން ދިނުމަށް ހުކުމް ކޮށްފި

ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ވަޒީީީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، އޭނާ އަށް ވަޒީފާ އަނބުރާ ދިނުމަށް ސުޕުރީމް ކޯޓުން މިއަދުުު ހުކުމްްް ކޮށްފިއެވެ. ސި...

02 Dec 2018 | 09:30

ފުލުހުންގެ އިންޓަލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ވަޒީީީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، އޭނާ އަށް ވަޒީފާ އަނބުރާ ދިނުމަށް ސުޕުރީމް ކޯޓުން މިއަދުުު ހުކުމްްް ކޮށްފިއެވެ.

ސިއްރު މައުލޫމާތު ތަކެއް ލީކް ކޮށްލި ކަމުގެ ތުހުމަތުގައި ހަމީދު ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. އޭނާ ވަކިކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ތެރޭގައެވެ. މި މައްސަލާގައި އޭނާ ދޫނިދޫ ޖަލުގައިވެސް ވަނީ ބަހައްޓާފައެވެ.

ރިޔާސީ އިންތިޚާބަށް ފަހު ސުޕްރީމް ކޯޓުން ގިނަ މައްސަލަ ތަކެއް ރިވިއު ކުރަމުންދާތީ ހަމީދު ވަނީ އޭނާގެ މައްސަލަ ވެސް ރިވިއު ކުރަން އެދިފައެވެ. އެގޮތުން އެ މައްސަލަ ބަލައިގަނެ، ދެ އަޑު އެހުން ބޭއްވުމަށްފަހު މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.

މައްސަލާގައި ދައުލަތުން އެއްބަސް ވެފައި ވަނީ ހަމީދު ވަޒީފާއިން ވަކި ކުރީ ގޯސް ކޮށް ކަމަށެވެ. ފުލުހުންގެ ފަރާތުން ވަކާލާތު ކުރައްވާ، ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ހައްވާ ސަނާ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވީ، ޤާނޫނުތަކުން ކޮންމެ މީހަކަށް ވެސް ރައްކާތެރިކަން ލިބެންޖެހޭ ކަމަށާއި އެމީހަކު ބޭނުންވާ ވަޒީފާއެއްގެ އުޅުމުގެ އިޚްތިޔާރަކީ ވެސް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށެވެ.

މީގެ ކުރިން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ ކޯޓުން ބުނެފައިވަނީ ހަމީދު ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓަށް ހަމީދު ހުށަހަޅާ ސުޕްރީމް ކޯޓުން ބުނެފައިވަނީ ހަމީދު ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އަލުން ވަޒީފާ ދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް