ބަސް ސްޓޮޕްތައް ގިނަކޮށް، ރައްޔިތުންނަށް އިތުރު ފަސޭހަ ތަކެއް

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރު ތަކަށް ބަސް ހުއްޓިތައް އިތުރުކޮށް އިއްޔަ އިން ފެށިގެން ޚިދުމަތް ދޭން ފަށައިފިއެވެ. މީގެ ކުރިން ބަސް ދަތުރުތައް ކުރަމުން އައި މާލޭ އިނދަސްޓްރިއަލ...

02 Dec 2018 | 06:54

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރު ތަކަށް ބަސް ހުއްޓިތައް އިތުރުކޮށް އިއްޔަ އިން ފެށިގެން ޚިދުމަތް ދޭން ފަށައިފިއެވެ.

މީގެ ކުރިން ބަސް ދަތުރުތައް ކުރަމުން އައި މާލޭ އިނދަސްޓްރިއަލް ވިލެޖުން ފަށައިގެން ހުޅުމާލޭ ބަސްތާރމިނަލް އާ ދެމެދުގައެވެ. ނަމަވެސް އިއޔަ އިން ފެށިގެން މާލޭ ރިންގު ރޯޑުގެ ޕޮލިސް ޓޯޔާޑް ކައިރި އާއި ސްޓެލްކޯ ފުރަގަހަށް ބަސް އަންނަނީ ހުއްޓަމުންނެވެ. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ ހަތް ސަރަހައްދަކަށް އެ ބަސް އަންނަނީ ހުއްޓަމުންނެވެ.

މާލެ އާއި ހުޅުމާލޭގެ ބަސް ސްޓޮޕްތަށް އިތުރު ކޮށްފައި މިވަނީ ބަހުގެ ޚިދުމަތްތަކާއި ގުޅޭގޮތުން އާއްމުނފެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން މީޑިއާއަށް ހާމަކޮށްފައިވަނީ ކުރިއަށް ދުވަސްތަކުގައި މާލެ ތެރޭގައި ދަތުރުކުރުމަށް ކުދި ބަސްތައް ބޭނުން ކުރުމަށް މަސައްކަތް ކުރާނެ ވާހަކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް