އުއްމީދަކީ ސަރުކާރު އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުލާކާ ޒާތުގެ ޕްލާސްޓިކް މަދުކުރުން: ރައީސް

އުއްމީދަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މު...

02 Dec 2018 | 06:27

އުއްމީދަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ރައީސް ވަނީ މިކަން ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކަކީ، ރާއްޖޭގެ އިޤްތިޞާދާ ނުހަނު ބޮޑަށް ގުޅިފައިވާ ގުދުރަތީ ވަސީލަތްތަކެއްކަމަށާއި، ކަނޑުތަކާއި ފަރުތަކާމެދު ދިވެހިންނަށް ވަނީ ފަރުވާކުޑަކުރެވިފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ، ކަނޑަށްއެޅޭ ކުނިގިނަވުންކަމަށާއި، ކަނޑަށް އެޅޭ ކުނީގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި، މި ޕްލާސްޓިކްތައް ކަނޑުގައި އުޅޭ މަސްމަހާމެހި ކައި ހެދުމުގެ ސަބަބުން އޭގެ ވިހަ މާއްދާތައް މަހުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ކާތަކެތީގެ ތެރެއަށް ވަދެގެންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިގޮތުގައި މިއަދު މި ފެށި ހަރަކާތަކީ ޕްލާސްޓިކުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް