މާލެއިން ފުރައިގެން ނ. މަނަދޫ އަށް ދަތުރުކުރި މާޅެންދޫ ބޯޓެއް މަނަދޫ ރަށު ނެރަށް އަރައި ރޭ ފެތިއްޖެ އެވެ.
އެމްެއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ ރޭ 4:30 ގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މެރި ޓައިމް ޑިޕާޓްމަންޓް އަށް ލިބުނުހާ އަވަހަކަށް ވަނީ އެ ބޯޓް ސަލާމަތް ކުރުމުގެ މަސައްކަތް ފަށްޓާފައެވެ. އެމްއެެންޑީއެފް ނޮދަރން އޭރިއާގެ ފުލުހުންނާއި މަނަދޫ ރައްޔިތުން ގުޅިގެން ބޯޓުގައި ތިބ މުދަލާއި މީހުން ވަނީ މަނަދޫ އަށް ގެންގޮސްފައެވެ.
މި ހާދިސާގައި އެއްވެސް މީހަަށް އަނިޔާ ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް