ވިލިގިލީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

ގއ.ވިލިގިލީ ގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ ދެ ފުލުހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔ...

02 Dec 2018 | 05:39

ގއ.ވިލިގިލީ ގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ ދެ ފުލުހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި އެއް ފުލުހެއްގެ މޫނުމަށްޗާއި، ފަޔާއި، ގައިގެ އެކި ތަންތަން ވަނީ ވަރށަ ބޮޑަށް ފިހިފައެވެ. އަދި ދެވަނަ ފުލުސް މީހާގެ ކޮޑު ހުޅުން ނެއްޓި އޭނާ އަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އެ ދެމީހުން ވެސް މިހާރު މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އަލިފާންގަނޑު ނިއްވާލެވުނީ ފަތިސް ވަގުތުގައެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނު އިރު މުޅި ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް