ސަލާމަތް ކުރި މަސްވެރިން ބުނަނީ ފިލްމަކުންވެސް އެހާ ގަދަ ކަނޑެއް ނުދެކޭ ކަމަށް

ތޫފާން އޯޗީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު، އަދި ގެއްލިފައިވާ މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް ގޮސްފައިވާއިރު ކަނޑުމަތިން މީހުން ސަލާމަތް ކުރުމަށް އިންޑިއާގެ ނޭވީނ...

02 Dec 2017 | 14:28

ތޫފާން އޯޗީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު، އަދި ގެއްލިފައިވާ މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް ގޮސްފައިވާއިރު ކަނޑުމަތިން މީހުން ސަލާމަތް ކުރުމަށް އިންޑިއާގެ ނޭވީން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް 200 އަށްވުރެ ގިނަ މަސްވެރިން ވަނީ ސަލާމަތް ކޮށްފަ އެވެ.

ސަލާމަތް ކޮށްފައިވާ މަސްވެރިންގެ ތެރެއިން ގިނަ މަސްވެރިން ތިބީ ހަސްފަތާލުތަކުގައި އެނދުމަތި ކޮށްފަ އެވެ.

އެ މަސްވެރިންގެ ހާލަތު ބަޔާން ކުރަމުން އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ފެނާއި ކާނާ ނެތި ބާރުގަދަ ރާޅުތަކާއި އެ މަސްވެރިން އެތައް ގަޑިއިރެއް ވާންދެން ހަނގުރާމަ ކުރި އެވެ. ސަލާމަތްވި ގިނަ މަސްވެރިންގެ ގައިގެ އެތަން މިތާނގައި ހަން މަށައިގެން ގޮސްފައިވާއިރު ތިބީ ހީކަރުވާފައި ކަމަށާއި އެމީހުން އެދެމުން ދިޔައީ ހޫނު ފެންތައްޓަކަށް ކަމަށް ނޫސްތަކުގައި ބުނެފައި ވެ އެވެ.

މަސްވެރިންނަކީ ކަނޑުމަތީގެ ހާދިސާތަކަށް އައު ބައެއް ނޫން ނަމަވެސް ތޫފާން އޯޗީގައި ކަނޑުވި މީހުންނާ ހަވާލާދީ ބުނެފައިވަނީ ފިލްމަކުންވެސް އެހާ ގަދަ ކަނޑެއް ނުފެންނަ ކަމަށެވެ. ގަދަ ރާޅުތަކުގައި އެމީހުންގެ ދޯނިތަކުން އެމީހުން ނަގާ އެކި ދިމަދިމާއަށް އުކާލި ކަމަށެވެ.

އިންޑިއާގެ ނޭވީން މިހާރުވެސް އަންނަނީ ކަނޑުމަތީގައި މީހުން ސަލާމަތް ކުރުމަށް ބޮޑު ބިޔަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ގެއްލިފައިވާ 100 އަށްވުރެ ގިނަ މަސްވެރިން އަދިވެސް ފެނިފައި ނުވާއިރު އެމީހުންގެ އާއިލާތައް ތިބީ އުންމީދާއެކު އިންތިޒާރުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް