އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ހާލުބޮޑު ތިން މީހަކު މާލެ ގެނެސްފި އެވެ.
އެގޮތުން ތ ތިމަރަފުށީ ގައި އޮތް، ބަލި ހާލުބޮޑު މީހަކު އިއްޔެ މާލެ ގެނެސްފައިވާއިރު ބަލި ހާލުބޮޑު ދެމީހަކު މިއަދު މާލެ ގެނެސްދީފައި ވެ އެވެ. އެއީ އއ.ރަސްދޫ ގައި ހުންނަ އއ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 81 އަހަރުގެ އަންހެނެކެވެ. އަދި މިއަދު 13:00 ހާއިރު ޅ.ނައިފަރުން މާލެ ގެނެސްދީފައި ވަނީ ޅ.އަތޮލޫ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 69 އަހަރުގެ އަންހެނެކެވެ.
އިއްޔެ ހަވީރު 1730 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 74 އަހަރުގެ ފިރިހެނެކެވެ. މި މީހާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ ތ.މަޑިފުށި ހެލްތު ސެންޓަރުން ބެއްލެވި ޑޮކްޓަރުން އެމީހާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.
ބަލި ހާލު ބޮޑުވެގެން މާލެ ގެނެސްފައިވާ ތިން މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާއިރު މި ދުވަސްވަރަކީ ތޫފާން އޯޗީގެ ސަބަބުން ކަނޑުގަދަވެ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިންނާއި ގައުމީ ދިފާއީ ބާރުންނާއި ދިވެހި ފުލުހުން އެދިފައިވާ ދުވަސްވަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް