ހަމަ އެންމެ 12 މިނެޓުން ޗާޖު ކޮށްލެވޭ ބެޓެރީއެއް ސެމްސަންގް އިން އުފައްދައިފި

ސްމާޓް ފޯނު އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމުގައިވާ ސެމްސަންގް އިން، އެންމެ 12 މިނެޓުން ފުލް ޗާޖް ކޮށްލެވޭ ބެޓެރީއެއް އުފައްދާފައިވާކަން އިއުލާނު ކޮށްފި އެވެ. މިކަން އިއުލާނު ކޮށް...

02 Dec 2017 | 09:30

ސްމާޓް ފޯނު އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމުގައިވާ ސެމްސަންގް އިން، އެންމެ 12 މިނެޓުން ފުލް ޗާޖް ކޮށްލެވޭ ބެޓެރީއެއް އުފައްދާފައިވާކަން އިއުލާނު ކޮށްފި އެވެ.

މިކަން އިއުލާނު ކޮށްފައިވަނީ ސެމްސަންގް އެޑްވާންސް އިންސްޓިޓިއުޓްގެ ކަމާބެހޭ މާހިރުންގެ ޓީމަކުންނެވެ.

ސެމްސަންގް އިން މިކަން އިއުލާނު ކޮށްފައިވާއިރު މި ބެޓެރީގައި ބޭނުން ކުރަނީ "ގްރެފީން ބޯލް" ނަމަކަށް ކިޔާ މެޓީރިއަލް އެކެވެ.

މި މެޓީރިއަލްގެ ވާހަކަ މީގެ ކުރިން އިންގްލެންޑްގެ ޔުނިވާސިޓީ އޮފް މެންޗެސްޓާގެ މާހިރުންތަކެއް ދައްކާފައި ވެ އެވެ. އެ ޔުނިވާސިޓީން ބުނެފައިވާގޮތުގައި ގްރެފީން އަކީ ދުނިޔޭގައިވާ އެންމެ ތުނި މެޓީރިއަލް އެވެ. މި މެޓީރިއަލް އަކީ ދަނގަޑާ އަޅާ ބަލާއިރު 200 ގުނަ ވަރުގަދަ، ދެފުށް ފެންނަ އަދި މުޅި ދުނިޔޭގައިވެސް އެންމެ "ކޮންޑަކްޓިވް" މެޓީރިއަލްގެ ގޮތުގައި އެ ޔުނިވާސިޓީގެ މާހިރުންގެ ޓީމުން ބުނެފައިވެ އެވެ.

ސެމްސަންގް އިން ނެރެފައިވާ ބަޔާނެއްގައިވާގޮތުގައި މި އީޖާދު ވެގެންދާނީ "ނެކްސް ޖެނެރާޝަން ސެކަންޑަރީ ބެޓަރީ މާކެޓް" އަށް ކަމަށެވެ. އަދި ލިތިއަމް ބެޓެރީ ފުލްކޮށް ޗާޖްވާން އެއް ގަޑިއިރު ހޭދަވާއިރު، ގްރެފީން ބޯލް ހިމަނައިގެން އަލަށް އުފެއްދި ބެޓެރީ ފުލްކޮށް ޗާޖްވާން ނަގާނީ ހަމަ އެންމެ 12 މިނެޓް ކަމަށް ބުނެފައި ވެ އެވެ. އަދި މި ބެޓެރީ އަކީ 60 ޑިގްރީ ސެލްސިއަސްގައި އޭގެ ފިނިހޫނުމިނުގައި ދެމެހެއްޓުމުގެ ގާބިލުކަން ލިބިފައިވާ ބެޓެރީއެއް ކަމުގައިވެސް ސެމްސަންގް އިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް