އެކެޑަމީން ވިދާޅުވަނީ ހަމަ ވެރޭނީ ކަމަށް !

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކޮށް މޫސުމާ ބެހޭ އަދާހަމަތަކަށް އެންމެން ބަލަބަލައި ތިބި އިރު ދިވެހި ބަހުގެ އެކެޑަމީގެ ފޭސްބުކް ޕޭޖްގައި އާންމުކުރި ޕޯސްޓަކާއިމެދު މިވަނީ ސޯޝަލް މީޑިއާގައި ބަހުސެއް އުފ...

02 Dec 2017 | 08:37

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކޮށް މޫސުމާ ބެހޭ އަދާހަމަތަކަށް އެންމެން ބަލަބަލައި ތިބި އިރު ދިވެހި ބަހުގެ އެކެޑަމީގެ ފޭސްބުކް ޕޭޖްގައި އާންމުކުރި ޕޯސްޓަކާއިމެދު މިވަނީ ސޯޝަލް މީޑިއާގައި ބަހުސެއް އުފެދިފަ އެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުރާސްފަތި ދުވަހުގެ ދަންވަރު 01:19ގައި އެ އެކެޑަމީގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ގަދަވަޔާއި ވިއްސާރައިގައި ގެދޮރާއި ރުއްގަސް "ވެރޭނީ"، ކަމަށެވެ. ވެއްޓޭނީކީ ނޫން ކަމަށެވެ.

ކޮންމެއަކަސް ދިވެހި ބަހުގެ އެކެޑަމީން މި ޕޯސްޓް އާންމު ކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ މިކަމާ ބަހުސް ކުރަމުންނެވެ. އެންމެ ގިނަ ބަޔަކު ޝެއަރ ކުރަމުން އަންނަނީ ދިވެހި ބަހުގެ އެކެޑަމީން ތައްޔާރުކޮށްފައިވާ ރަދީފުގައިވާ "ވެރުން" މިބަހުގެ ސްކްރީން ޝޮޓެކެވެ.

ރަދީފުގައި "ވެރުން" މި ބަހުގެ މާނައިގެ ގޮތުގައި ބުނެފައިވަނީ

އެއްޗެހި ފޭބުން

ގަސްގަހުން މޭވާފަދަ ތަކެތި އަމިއްލައަށް ފޭބުން.

އޮހުން.

މަނި ބޭރުވުން، މި އެވެ.

މިކަމާ ބަހުސް ކުރާ ގިނަބައެއްގެ ސުވާލަކަށް ވެފައިވަނީ ރަދީފުގައި މިގޮތަށް އޮތް އިރު ގަސްތައް ވެރޭނީ ކިހިނަކުންތޯ އުފެދޭ ސުވާލެވެ. މިކަމުގައި ދުވަސް ނޫހުން ވަކި ގޮތަކަށް ނިންމާކަށް ނުވަތަ އެގޮތަށް ވުރެ މިގޮތް ރަނގަޅޭ ބުނާކަށް ނެތީމެވެ. ބަހުސް އިތުރަށް ކުރިއަށް ގެންގޮސް ކޮޅެއްގައި ޖެއްސުމަށް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް