މިއަދު އެއްވެސް ވަގުތެއްގައި ތިބާ ގެންގުޅޭ އައިފޯނު އޮޓޯއިން ރީބޫޓް ވި ހެއްޔެވެ. ނުވާނަމަ މައްސައެއް ނެތެވެ. މި އާޓިކަލް ކިޔާނެވެސް ކަމެއް ނެތެވެ. އެހެނަސް ރޭ 12:15ގެ ފަހުން ތިބާގެ ފޯނު އޮޓޯއިން ރީބޫޓް ވަމުން އަންނަ ނަމަ މި އާޓިކަލް ކިޔާލުން މުހިންމެވެ.
ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާގޮތުގައި މިކަމެއް ދިމާވެގެން އުޅެނީ އައިއޯއެސްގެ ސޮފްޓްވެއާ ބަގަކުންނެވެ. މިކަން މިހެން ވާން ދިމާވަނީ އޯއެސްގެ ނޮޓިފިކޭޝަން ސިސްޓަމުން އޯއެސްގެ ސްޕްރިންގް ބޯޑް ކްރެޝް ކޮށްލާތީ އެވެ. މިހެން ދިމާވެއްޖެ ނަމަ އަލުން ރީސްޓާޓްވެ ޕިން އެންޓާ ކުރަން އަރަ އެވެ.
ޓެކް ނޫސްތަކުގައިވާގޮތުން މެދުވެރިވަނީ ޕްރީ-ޝެޑިއުލްޑް ނޮޓިފިކޭޝަން އޮން ކޮށްފައި ހުންނަ އެޕްލިކޭޝަންތަކުގެ ސަބަބުންނެވެ. މިސާލަކަށް ބަލާނަމަ މޫސުން އެލާޓް އެޕްސް، ނިއުސް އެލާޓް އެޕްސް ހިމެނެ އެވެ. މިއީ ޓައިމް ބަގެކެވެ. ޑިސެމްބަރު 2 ގެ މެންދަމު 12:15ގެ ފަހުން މިކަން ދިމާ ނުވެއްޖެ ނަމަ ބިރެއް ނެތެވެ. މިކަން ދިމާވަނީ އެވަގުތުގައި ކަމަށް ވާތީ އެވެ.
މިކަމުގެ ރަސްމީ ހައްލެއް އަދި އެޕަލްއިން އިއުލާނު ކޮށްފައެއް ނުވެ އެވެ. ނަމަވެސް ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ހައްލުވެދާނެ ގޮތެއް ބުނެފަ އެވެ. ނަމަވެސް އެއީފޯނު ނިވިފައި ހުޅުވި އިރުކޮޅަކު އޮންނަ ނަމަ އެވެ. ހުޅުވިފައި ނުވޭނަމަ ކުރާނެ ކަމެއް ނެތެވެ.
ޓެކް ކްރަންޗްގައި ވާގޮތުން ނަމަ މިކަމުގެ ހައްލު ކުރެވޭނީ ޑެއިލީ ނޮޓިފިކޭޝަންތަކެއް އޮފް ކޮށްލައިގެންނެވެ. އޮޓޯއިން ޝެޑިލްކޮށްފައިވާ ނޮޓިފިކޭޝަންތަކެވެ.
އެކަން ކުރުމަށް ސެޓިން އަށް ވާސިލުވެވޭނީ ތިރީގައި މިވާ ގޮތަށެވެ.
apps (Settings > Notifications > the app in question > toggle “Allow notifications”.)
މިކަން ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓް ކޮށްފައިވީނަމަވެސް ރާއްޖޭގައި ބޭނުންކުރާ އައިފޯނުތަކަށް މިހެން މިކަން ދިމާވެފައި ނުވާނަމަ މިކަމުގެ ބިރެއް ނެތެވެ. މިކަން ގުޅިފައިވަނީ ޓައިމް ޒޯނާ ކަމުގައިވެސް ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް