އަލަށް އުފެދުނު މޫސުމީ ސެޓަޕް، މެލާކާ މަތިން ތަމިލް ނާޑޫ އާ ދިމާއަށް

އަންޑަމަން ކަނޑު ސަރަހައްދުގައި ނޮވެމްބަރު 30 ގައި އުފެދުނު މޫސުމީ އައު ސެޓަޕް، މެލޭޝިޔާގެ މެލާކާ މަތިން ތަމިލް ނާޑޫގެ އުތުރާއި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިއާއި ދިމާއަށް ދަތުރުކުރަމުން އަންނައި...

02 Dec 2017 | 05:39

އަންޑަމަން ކަނޑު ސަރަހައްދުގައި ނޮވެމްބަރު 30 ގައި އުފެދުނު މޫސުމީ އައު ސެޓަޕް، މެލޭޝިޔާގެ މެލާކާ މަތިން ތަމިލް ނާޑޫގެ އުތުރާއި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިއާއި ދިމާއަށް ދަތުރުކުރަމުން އަންނައިރު ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ސެޓަޕް ލޯ ޕްރެޝަރ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމުގައި ސްކައިމެޓް ވެދަރ އިން ބުނެފި އެވެ.

ސްކައިމެޓް ވެދާއިން ބުނެފައިވަނީ އެ ސެޓަޕްގައި ވިލާ އުފެދެމުން އަދި ދައުރުވަމުން އަންނަ ގޮތަށް ބަލާއިރު ސެޓަޕް އިތުރަށް ބާރުގަދަވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ޑިޕްރެޝަނަކަށް ބަދަލުވާނެ ކަމުގައި ނިމުތު ކުރެވޭ ކަމަށެވެ. އަދި މިސްރާބު ހުރީ ހުޅަނގު-ހުޅަނގު އުތުރަށް ކަމުގައިވެސް ބުނެފައި ވެ އެވެ.

"ބޮޑަށް ބެލެވޭ ގޮތުގައި މި ސެޓަޕް ދާނީ ތަމިލްނާޑޫގެ އައްސޭރިއާއި އަންދްރަޕްރަދޭޝްގެ އައްސޭރިއާ ދިމާއަށް، ތިން ދުވަސް ނުވަތަ ހަތަރު ދުވަސް ތެރޭ އެ މަންޒިލަށް ވާސިލުވާނެ ކަމުގައި އަންދާޒާ ކުރެވޭ" ސްކައިމެޓް ވެދަރ އިން ބުނެފައި ވެ އެވެ.

މި ސެޓަޕް ކޮޅިގަނޑަކަށް ބަދަލުވެ ތޫފާނަކަށް ބަދަލުވިނަމަވެސް ރާއްޖެއަށް މި ސެޓަޕްގެ ސަބަބުން ނުރައްކަލެއް ވެދާނެ ކަމަކަށް ނުބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް